ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ "ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން" ކަމަށާއި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އަލުން ކަރަންޓު ލިބޭނެ ކަމަށް ލަފާކުރެވޭ އިރެއް އަދި ނުބުނެ އެވެ.
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ. މިދިޔަ މަހުގެ ފުރަތަމަ ދުވަހު މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑި ހައެއްކަ ގަޑިއިރު ހޭދަވި އެވެ.
އެފަހަރު މައްސަލަ ދިމާވީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވައިދޭ ގްރިޑުގެ ކަނެކްޝަނަށް ކަމަށް އޭރު ބުނެފައިވެ އެވެ.