
އެމްއެންޑީއެފުން ބުނީ އެ މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވ. އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ.
އެހެންވެ އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދޭން އިލްތިމާސްކޮށްފައިވެ އެވެ. ވަކުން ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އިރު ސަމާލުކަން ދިނުން ވަރަށް މުހިއްމު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖެއަށް މިއަހަރުގެ ޖެނުއަރީމަހު ކުރި ވިއްސާރައިގައި މި ޝިޕްރެކަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. މޫދު މަތިން ރީއްޗަށް ފެންނަން އޮތް އެ ބޯޓުގެ ދިރުނބާކޮޅު އޭރު އޮތީ އަނެއްކޮޅަށް ފުށުން ޖަހާލައިފަ އެވެ.
އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއެރުމުގައި މި ޝިޕްރެކަކީ މުހިންމު ދައުރެއް އަދާކުރި ޓޫރިސްޓް އެޓްރެކްޝަނެކެވެ. އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތައް ޕްރޮމޯޓްކުރާއިރު މި ޝިޕްރެކް ވަރަށް ބޮޑަށް ބޭނުންކުރެ އެވެ.