
މިކަމާ ގުޅިގެން ބުޅާތަކަށް ގޯނާކޮށް، ހާނިއްކަކޮށް މަރާކަމުގެ ޝަކުވާތައް ލިބެމުންދާތީ، ބުޅާތައް މަރައި ގޯނާކުރުން ހުއްޓާލުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އިލްތިމާސްއެއްވެސް ވަނީ ކޮށްފައެވެ.
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 300 އެއްހާ ބުޅާ ގެއްލިފައިވެއެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ޖަނަވާރުންނަށް ލިބިގެންވާ މިނިވަންކަމުގެ ތެރޭގައި ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަމާއި ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަމާއި ވޭނާއި ހާނިއްކައާއި ބަލިން މިންޖުވުމުގެ މިނިވަންކަން ލިބޭ ކަމަށެވެ. މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގައި ގާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.