ads
އަނިޔާއާ ކުރާ ފޮޓޯއެއް
މޭ މަހު 33 މީހަކު އާއިލީ އަނިޔާގެ ޝިކާރައަކަށްވި
މިއަހަރުގެ މޭ މަހުގައި 33 މީހަކު އާއިލީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

މިގޮތުން 27 އަންހެނުންނާއި 6 ފިރިހެނުން އިޖްތިމާއީ އަދި އާއިލީ އަނިޔާތަކުގައި ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ. މިމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތައް ކަމަށްވެސް އެމިނިސްޓްރީން ހާމަކުރިއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި މީގެ ތެރެއިން 17 މީހުން ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަމަށާއި، 12 މީހުން ނަފްސާނީ އެހީއަށް އެދިފައިވާ ކަމަށް ބުންޏެވެ. މީގެ އިތުރުން އެހެނިހެން އަނިޔާތަކުގައި 4 މީހުން ރިޕޯޓްކޮށްފައިވެއެވެ. އަދި މިމުއްދަތުގެ ތެރޭގައި 48 މީހުންނަށް ކައުންސިލިން ސެޝަންތައް، 2 މީހުންނަށް ނަފްސާނީ އެހީ އަދި 9 މީހުންނަށް ބެލެނިވެރިކަމުގެ ސެޝަންތައް އެމިނިސްޓްރީން ނަގައިދީފައިވާ ކަމަށް ހާމަކޮށްފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މޭ މަހުގައި ކުޑަ ފިރިހެން ކުއްޖަކު ވަނީ ފޯސްޓާ އާއިލާއެއްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި 66 އަންހެން ކުޑަކުދިންނާއި 82 ފިރިހެން ކުޑަކުދިން ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބިކަމަށާއި، މީގެއިތުރުން 3 އަންހެން ކުދިން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، އެއް ފިރިހެން ކުއްޖަކު ވަނީ އެ ކުއްޖާގެ އާއިލާއާ ހަވާލުކޮށްފައި ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އިޖްތިމާއީ ސަޕޯޓްގެ މައްސަލަތަކުގެ 3 ވޭދަނައާއި، އަމިއްލަ ނަފްސަށް އަނިޔާދިނުމުގެ 27 ވޭދަނަވެސް މިމުއްދަތުގައި ހުށަހަޅާފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް