ads
ރައީސް މުއިއްޒު މިލަދޫ ކައުންސިލާއި ބައްދަލުކުރެއްވުން
މިލަދޫން އެދުނީ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ރަށުގެ މަގުތައް ހެދުމަށް
މިލަދޫ ކައުންސިލުން ރައީސް މުހައްމަދު މުއިއްޒާ ކުރި ބައްދަލުވުމުގައި އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ރަށުގެ މަގުތައް ހެދުމަށް އެދިއްޖެއެވެ.
Advertisement

މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު ނ. މިލަދޫ ހިދާޔާ ސްކޫލުގައެވެ.

ބައްދަލުވުމުގައި ރަށުގެ ތަރައްގީއާ ގުޅޭ އެކި ކަންކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި މިހާރު ކުއްޔަށް ހިފާފައިވާ އިމާރާތެއްގައި ކައުންސިލް ހިންގަމުންދާތީ، ކައުންސިލް އިމާރާތް އަވަސްކޮށްދިނުމަށާއި، ހެލްތު ސެންޓަރަށް ނަރުހުން އިތުރުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށާއި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްވެސް ރައީސްގެ އެހީތެރިކަމަށް އެދިފައިވެއެވެ.

ރައީސް މުއިއްޒު ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމަށް ވިދާޅުވިއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި މިނިސްޓަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ. ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މިލަދޫ ކައުންސިލުގެ މެންބަރުންނާއި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް