ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެކު އިންޑިއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ކުރިއަރާނެކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

Advertisement
މޯދީ އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން އެމަނިކުފާނު މިއަދު ވަނީ އެކްސް މެދުވެރިކުރައްވައި ހާމަކުރައްވައިފައެވެ މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިޒުގެ ދައުވަތަކަށް ކަމަށާއި ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ޖުލައި 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަމަށް ހާމަކުރައްވަމުން ޕްރައިމް މިނިސްޓަރު މޯދީ ވިދާޅުވީ، މިއަހަރަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރޭ އަހަރުކަމަށެވެ. އަދި ރައީސް މުއިޒާއެކު ކުރިއަށް ގެންދަވާނެ މަޝްވަރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ކުރިއަރައި، ތަފާތު ދާއިރާތަކުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މޯދީ ވިދާޅުވިއެވެ.
ދެ ދައުލަތުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.