ads
ސިފައިންގެ ތަމްރީނެއްގެ ތެރެއިން
ގިރިފުށީގައި ރޭގަނޑު ބާއްވާ ބަޑިޖެހުމުގެ ތަމްރީނަކަށް ދަތުރުވެރިން ސަމާލުވާން އެދިއްޖެ
ގިރިފުށީގައި ރޭގަނޑު ބާއްވާ ބަޑިޖެހުމުގެ ތަމްރީނަކަށް ދަތުރުވެރިން ސަމާލުވުމަށް ޓްރާންސް ޕޯޓު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
Advertisement

އެމްއެންޑީއެފްއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް އޮގަސްޓު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް ކ. ގިރިފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ އެ ދުވަސްތަކުގެ ރޭގަނޑު 18:30 އިން 23:59 އަށް ކަމަށާއި، އޭގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. ތަމްރީނުގައި ބޭނުންކުރާނީ ޕައިރޯޓެކްނިކްސް އޭކޭ 103 ހަތިޔާރު ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5400 މީޓަރު ކަމަށާއި، އެންމެ އުސްމިނަކީ 200 މީޓަރު ކަމަށް ވެސް ޓްރާންސް ޕޯޓު މިނިސްޓްރީން ބުންޏެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނީ ގިރިފުށީގެ ރޭންޖުން ހުޅަނގު ދެކުނަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ތަމްރީނު ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް