ads
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމް
އަބްދުއްރަހުމާނުގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު މާލޭގައި
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ކަށު ނަމާދު މިއަދު މާލޭގައި ބާއްވަން ނިންމައިފިއެވެ.
Advertisement

މިދިޔަ ހޯމަދުވަހު ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔުމަށް ފަހު ރޭ ވަނީ މާލެ ގެނެސްފައެވެ. 

އަބްދުއްރަހުމާނުގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މިއަދު މާލޭ އާސަހަރާގައެވެ. ކަށު ނަމާދު އޮންނާނީ މެންދުރު ނަމާދަށް ފަހުއެވެ. 

އަބްދުއްރަހްމާނަށް ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އެ ގެއަކީ އޭނާގެ ހުވަފަތް އަންހެނުން، ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ.

އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހުއްދައާ ނުލާ މީހުން މާޅޮހުން ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ރަށަށް އަރާ ފައިބާ މީހުން މޮނިޓާ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް