އެ ކުންފުނިން ބުނީ ބައެއް ހިޔާ ޓަވަރު ތަކުން ފެން ކަނޑާލަނީ މީޓާ ރޫމްގެ މެއިންޓަނެންސް މަސަތްކަތްތަކެއް ކުރުމަށް ކަމަށެވެ.
އެމް.ޑަބްލިއު.އެސް.އީ އިން ބުނީ ހިޔާ ފްލެޓް 11 ގެ ގްރައުންޑް ފްލޯ އިން 16 ވަނަ ފަންގިފިލާ އަށް މިރޭ 00:00 އިން 02:00 އަށް ފެން ކެނޑޭނެ ކަމަށެވެ.
އަދި ހިޔާ ފްލެޓު 14ގެ އަށްވަނަ ފަންގިފިލާ އިން 24 އަށް 02:00 އިން 03:00 އަށް ފެން ކެނޑޭނެ ކަމަށާއި ހިޔާ ފްލެޓު 16 ގެ 16 ވަނަ ފަންގި ފިލާއިން 03:00 އިން 04:00 އަށް ކަރަންޓު ކެނޑޭނެ ކަމަށެވެ.
މާލެ އާއި ހުޅުމާލެ އަދި 2 ވަަނަ ފިޔަވަހީގެ ފެނުގެ ހިދުމަތް ރަނގަޅު ކުރުމަށް އެމް.ޑަބްލިއު.އެސް.އީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކުންފުނި އިން ވަނީ ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ