މާލެ ބީޗް ވޮލީ ކުޅޭ ސަރަހައްދު އޮންނާނީ އާޓިފިޝަލް ބީޗާއި ޖެހިގެން ދެކުނަށެވެ.
މާލެ ބީޗް ވޮލީ ކުޅޭ ސަރަހައްދުގެ ފަހަތުގައިވާ ހުސް ބިމުގައި ކާނިވާއެއް އަމިއްލަ ހަރަދުގައި ހަދަން ބޭނުންވާ ބަޔަކަށް އެފުރުސަތު މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެ ސަރަހައްދުގައި ކާނިވާ ތަރައްގީކޮށް ދިގުމުއްދަތަކަށް ބަލަހައްޓައިދޭން ބޭނުންވާ ފަރާތަކަށް މައުލޫމާތު ދިނުން އަންނަ މަހުގެ 7 ވަނދުވަހު އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންނަ މަހުގެ 14 ވަނަ ދުވަހުގެ 09:00 ގެ ކުރިން ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.