ads
ހުޅުމާލޭގައި އެޅީ 4000 ފެލެޓްގެ ކޮޓަރިއެއް
4000 ފްލެޓަށް ކުލި ނުދައްކަންޏާ ފްލެޓް އަތުލަން ކޯޓަށް ދަނީ
ހުޅުމާލޭގައި އިމާރަތްކުރަމުން އަންނަ ފްލެޓުތަކަށް ކުލި ނުދައްކާނަމަ އެ އެޕާޓްމަންޓު އަތުލަން ކޯޓަށް ހުށަހެޅޭނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
Advertisement

 ބިންވެރިޔާ ސްކީމުން ހުޅުމާލޭގައި އެޅި 4000 ފްލެޓް ލިބުނު މީހުންނާއި އެކު އެގްރިމެންޓްތަކުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ސޮއިކުރަމުންނެވެ. 

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ ފްލެޓުތަކަށް ކުލި ނުދައްކާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ އެ އެޕާޓްމަންޓު އަތުލަން ކޯޓަށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން އެޕާޓްމަންޓުގެ ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކާތާ މަހެއް ވެއްޖެނަމަ، ކުލި ދައްކަން އަންގާ 30 ދުވަހުގެ ނޯޓިހެއް ފޮނުވާނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ ފުރަތަމަ ނޯޓިސް ފޮނުވާފަހުވެސް ކުލި ނުދައްކާތާ 30 ދުވަސް ވެއްޖެނަމަ ދެވަނަ ނޯޓިސްއެއް ފޮނުވާނެކަމަށެވެ. އަދި އޭގެ 15 ދުވަސް ފަހުން ފައިނަލް ނޯޓިސްއެއް ފޮނުވާނެކަމަށާއި އެ މުއްދަތުތަކުގެ ތެރޭގައި ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކައިފިނަމަ، އެގްރިމެންޓު ބާތިލްކޮށް އެޕާޓްމަންޓު ހުސްކުރުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ އެގޮތަށް ކަންކުރުމުގެ ބޭނުމަކީ އަދަބެއް ދިނުން ނޫންކަމަށާއި އެއީ އޭގެ ބޭނުމަކީ ކުލި ހޯދަން މަސައްކަތް ކުރުމަށްކަމަށެވެ. އަދި ކުލި ދައްކަން އުނދަގޫވާ ފަރާތްތަކަށް ޕްލޭންތަކެއް އެކުލަވާލާ ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައްވެދް ހަމަޖެއްސޭނެކަމަށް ޝަކީލް ވިދާޅުވިއެވެ. 

އެޗްޑީސީން ކުއްޔަށް ދީފައި ހުރި ފުލެޓުތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހި ނުލިބި ހުރި އަދަދު 894 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ ހިޔާ ފުލެޓުތަކުން ކުލީގެ ގޮތުގައި ނުލިބޭ 628 މިލިއަނާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކުން ކުލީގެ ގޮތުގައި ނުލިބިވާ 230 މިލިއަން ރުފިޔާއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް