"މިނިވަންއުފާ ސޭލް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕެއިން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކެމްޕެއިން ކުރިއަށްދާނީ، އެ މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން، ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައެވެ.
މިނިވަން އުފާ ސޭލް ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ އެސްޓީއޯ އާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ފޯރުކޮށް ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.