ads
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން ފަލަސްތީނުގެ ރައީސް އައްބާސް އާއެކު
ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެ: ފްރާންސް
ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮން އިއުލާނުކުރައްވައިފި އެވެ.
Advertisement

ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމިކަން އިއުލާންކުރާނެ ކަމަށެވެ. 

އަދި މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށާއި ސުލްހަ ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށް މެކްރޯން ވިދާޅުވި އެވެ.

"މެދުއިރުމަތީގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ވެފައިވާ ތާރީހީ ވައުދާ އެއްގޮތަށް އަޅުގަނޑު ނިންމާފައި މިވަނީ ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން،" މެކްރޮން ލިޔުއްވާފައިވެ އެވެ.

ފްރާންސްގެ މި ނިންމުމަށް ފަލަސްތީނުން މަރުހަބާ ކިޔާފައިވާއިރު، އިޒްރޭލުން ވަނީ މި ނިންމުމަށް ފާޑުކިޔައިފަ އެވެ.

އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.

ފްރާންސްގެ މި ނިންމުމާ އެކު ސައޫދީ އަރަބިއްޔާ އާއި ގަލްފުގެ އެކި ގައުމުތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެކަމަކު އެމެރިކާ އާއި އިޒްރޭލުން މިކަމާ ދެކޮޅު ހަދައި ކުރިން ވެސް ބުނަމުން އަންނަނީ މި ނިންމުމުން ފައިދާވާނީ ހަމާސް އަށް ކަމަށެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް