ads
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެވަޑައިގަތުން
ތަރައްގީގެ ކޮންމެ ފިޔަވަޅެއްގައި ވެސް ރާއްޖެއާއެކު ދެމިތިބޭނަން: މޯދީ
ތަރައްގީގެ ކޮންމެ ފިޔަވަޅެއްގައި ވެސް ރާއްޖެއާއެކު ދެމިހުރުމަށް އިންޑިއާއިން ތައްޔާރަށް ހުންނާނެކަމަށް އެ ގައުމުގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
Advertisement

އިންޑިއާގެ ޕޮލިސީއަކީ "ފުރަތަމަ ރަހުމަތްތެރިކަން" ކަމަށް ޕްރައިމް މިނިސްޓަރު މޯދީ ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި ހުކުރު ދުވަހު 8 އެއްބަސްވުމެއްގައި ސޮއިކޮށް، ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަކަށްފަހު، ރައީސް މުހައްމަދު މުއިއްޒާއެކު ދެއްވި ބަޔާނުގައި މޯދީ ވިދާޅުވީ، ކާޑުގެ ބާވަތްތައް ރާއްޖެއަށް ފޯރުކޮށްދިނުން ކަމުގައި ވިޔަސް، ނުވަތަ ކޮވިޑް-19 ގެ އާލަމީ ވަބާއަށް ފަހު ރާއްޖޭގެ އިގްތިސޯދު ފޫބައްދަން އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ވިޔަސް، އިންޑިއާއިން އަބަދު ވެސް އޮތީ ރާއްޖެއަށް އެހީތެރިކަން ދޭން ތައްޔާރަށް ކަމަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއްބަސްވުމެއް ހިމެނެއެވެ.

ރައީސްގެ ދައުވަތަކަށް ހުކުރު ދުވަހު ރާއްޖެ ވަޑައިގެންފައިވާ މޯދީ، މިއަދު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނެއެވެ. މިއީ އިންޑިއާގެ ޕްރައިމް މިނިސްޓަރުކަމުގެ ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމަށް ފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ރަސްމީ ދަތުރުފުޅެވެ. މޯދީ ވިދާޅުވިގޮތުގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ އިންވެސްޓްމެންޓްތައް އިތުރުކުރުމަށްޓަކައި އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ލޯކަލް ކަރަންސީ ސެޓްލިން ސިސްޓަމްގެ ސަބަބުން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސްއިން ވިޔަފާރިކުރުމަށް މަގުފަހިވާނެ ކަމަށް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް