ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކުރުނބާ މޯލްޑިވްސްގައި މޯދީ ވަނީ ނަޝީދާ ބައްދަލުކުރައްވާފައެވެ.
މޯދީ ދިވެހިބަހުން ލިޔުއްވާފައިވާ ގޮތުގައި ނަޝީދަކީ "ނެއިބަހުޑް ފަސްޓް ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު" ބޭފުޅެއް ކަމަށެވެ. ސިޔާސީ ލީޑަރުންގެ ތެރެއިން އިންޑިއާއާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ބޭފުޅަކީ ނަޝީދު ކަމަށް ބެލެވެއެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ ޑިފޯލްޓުން ސަލާމަތް ކޮށްދިނީ އިންޑިއާއިންނެވެ. ނަޝީދު ވެރިކަން ކުރެއްވި އެމްޑީޕީ ސަރުކާރާއި އެންމެފަހުން ނިމިގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް އެންމެ ބޮޑަށް އެހީތެރިކަން ދިން ބޭރު ގައުމަކީ އިންޑިއާއެވެ.