
މި ގުރޫޕަކީ ދެ ގައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމަށް މުހިންމު މަސައްކަތެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންޑިއާގެ ޕުރައިމް މިނިސްޓަރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމެއްގައި ދެ ގައުމުގެ ވަރުގަދަ ގުޅުމާއި މެދު މަޝްވަރާކުރެވުނު ކަމަށް އަބްދުއްރަހީމް ހާމަކުރެއްވިއެވެ. މޯދީ ކުރެއްވި ޕޯސްޓަކަށް ހިންދީ ބަހުން ޖަވާބު ދެއްވަމުން، މަޖިލީހުގައި އުފެދިފައިވާ ފުރެންޑްޝިޕް ގުރޫޕަކީ މާނަހުރި މަސައްކަތެއް ކަމަށާއި، މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެ ވަޑައިގެންނެވި ޕުރައިމް މިނިސްޓަރު މޯދީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވާފައެވެ. އިންޑިއާއިން ރާއްޖެއަށް ގިނަ އެހީތަކެއް ވަނީ ފޯރުކޮށްދެއްވާފައިވާއިރު، އަސްކަރީ ދާއިރާއަށް ބޭނުންވާ ބަރު އުޅަނދާއި ސިއްހީ ބައެއް އެހީތެރިކަމާއި، ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަނިތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދެއްވާފައިވެއެވެ.