މިނިވަން ދުވަހުގެ މުނާސަބަތުގައި ސަންގުޓީވީ މެދުވެރިކުރައްވައި ޔާމީން ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ރައްޔިތުންގެ ބޭނުންތަކާއި، އެ ބޭނުންތަކާ ގުޅޭގޮތުން މަސައްކަތް ކުރެވޭ ގޮތްވެސް މިހާރު ވަރަށްބޮޑަށް ތަފާތުވެފައިވާ ކަމަށެވެ.
ހަމަ އެއާއެކު، މިނިވަންކަމާއި ހައްގުތަކަކީވެސް އޭގެ ޒާތުގައި އިމެއް ނެތި ހުޅުވާލެވިފައިވާ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އެއްވެ އުޅުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގު ލިބެންޖެހޭނަމަވެސް، އިސްލާމް ދީނާ ހިލާފު ނުވަތަ ޓެރަރިޒަމަށް ހިތްވަރުދީ މީހުންގެ މުދާ ހަލާކުކުރުން ފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތްތަކަށް ނުދާނަމަ، މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ނެރެ ޕެޕަރ ސްޕްރޭ ޖަހަންވީ ސަބަބާމެދު ސުވާލު އުފެއްދެވިއެވެ.