ads
ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުﷲ ހަލީލް
ހުޅަނގު އައްސޭރީގެ ބިންތަކާ ގުޅިގެން އިޒްރޭލުގެ ނިންމުމަށް ރާއްޖެއިން ދެކޮޅު ހަދައިފި
ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އިޒްރޭލުގެ ސިޔާދަތީ ބާރު ތަންފީޒުކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
Advertisement

މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނާ މުޅިން ހިލާފު އަދި ނުރައްކާތެރި ނިންމުމެއް ކަމަށް ސަރުކާރުން ބުންޏެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ މިފަދަ ނިންމުންތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅި މަސްރަހު އިތުރަށް ހޫނުވެ އަދި އެ ސަރަހައްދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި އިޒްރޭލުން ކުރަމުންދާ ގައިރު ގާނޫނީ އަމަލުތައް ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފައިވެއެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށް ސަރުކާރުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް