ads
ގައުމީ ދިދަ
މާލީ މިނިވަންކަން ހޯދަން ނޭނގުނު، މިނިވަން ގައުމު!
ފަސްދޮޅަސް އަހަރުގެ މިނިވަންކަން އިހްތިފާލްކުރަމުންދާއިރު، މިއަދުގެ ދިވެހިންގެ މިނިވަން ކަމުގެ ބޮޑު ހިޔަލުގެ ދަށުގައި އޮތީ އިގްތިސޯދީ އަޅުވެތި ކަމުގެ ވޭނީ ރިހުމެއްގެ ތަދެވެ. އިގްތިސޯދީ އަދި ސިޔާސީ މަންފާއަށް ސަލާން ޖަހަމުން ދުވާ މިނިވަން ގައުމެއް މި ދުނިޔޭގައި ވެސް ނެތް ފަދަ އެވެ. ފެންނަ މަންޒަރަކީ ރާއްޖޭގެ މާލީ ނިޒާމްގެ މިނިވަންކަން ބޭރަށް ވިކިފައި އޮތް ތަނެވެ.
Advertisement

މިނިވަންކަން ގެއްލި، އަޅުވެތިވާނީ އިގްތިސާދު ދަށްވެ، ތަދުމަޑުކަމާ ކުރިމަތިލާން ޖެހުމުން ކަމަށާއި މިއީ އެފަދަ ދުވަސްވަރެއް ކަމަށް ރާއްޖޭގެ ދުވަސްވީ ހަރު މީހުން އެއަންނަނީ ތަކުރާރުކޮށް ބުނަމުން ނެވެ. މިިނިވަންކަން ގެއްލުމުގެ ބިރު ގައުމުގެ ހަ ފަރާތުން ވެސް މިއަދު އިވެން ފެށީ ސިޔާސީ ބޭނުމަށް ގައުމުގެ ހަރު މުދަލާއި ފަޅުތަކާއި ބިންތައް ދިގު މުއްދަތައް "ސިއްރު" އެއްބަސްވުންތަކުން ދޫކޮށްލުމުން ނެވެ. އަދި ކުރިން ދެންނެވި ގައުމީ ހަރު މީހުންގެ ބަސް ނޭހުމުން ނެވެ.

މިނިވަންކަމުގެ 60ވަނަ އަހަރަށް ފަހު 61ވަނަ އަހަރާ ދިވެހީން ކުރިމަތިލާން ޖެހިފައިމި ވަނީ އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރަކަށެވެ. މިއަދު ރާއްޖެ މިއޮތް ހާލަތުން އަރައިގަންނަން، ކުރިއަށް ދާން އެއްވެސް ވިސްނުމެއް، ޕްލޭނެއް ސިޔާސީންގެ ނެތް ފަދަ އެވެ. ރާއްޖޭގެ މާލީ ފުދުން ތެރިކަން ހަރުދަނާ ކުރުމަށް ދިގުރާސްތާ ޕްލޭން އެއް ގާނޫނު އަސާސީގައި ލިޔެ ތަންފީޒު ކުރާތަން ފެންނާން ވެއްޖެ އެވެ.

ކުޑަ ގައުމަކަށް ވިނަމަވެސް ބައިނަލް އަގުވާމީ އަދި ސަރަހައްދީ މައިދާނުގައި ބަސްބުނުމުގައި ދިވެހިރާއްޖެއަށް ލިބިފައިވާ ހައިސިއްޔަތު ކުޑަ ކަން ފެންނަ އެންމެ ބޮޑު އިންޑިކޭޓާ އަކީ ވެސް ރާއްޖޭގެ ބޭރުގެ ދަރަނި އިތުރުވަމުން އައުމެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ދިވެހީންގެ ދަރަނި ހުރީ 130 އިންސައްތަ ފަހަނައަޅައި ގޮސްފަ އެވެ. ޖުމުލަ 9.4 ބިލިއަން އެމެރިކާ ޑޮލަރުގަ އެވެ. އޭގެ ތެރެއިން ހަތަރު ބިލިއަނެއްހާ ޑޮލަރަކީ ބޭރުގެ ދަރަންޏެވެ. އެންމެ ބޮޑު ބައެއް ޗައިނާއާއި އިންޑިއާއަށެވެ. ދެން ބޭރުގެ ބޭންކްތަކާއި މާލީ އިދާރާތަކަށެވެ. އެހެން ކަމުން ދަރަނި ނުދެއްކިވާ ގައުމުތަކުގެ ވެރިންގެ ގައިގައި "ބައްދާލައްވަން" ޖެހޭ މަންޒަރު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ފެންނަމުން ނެވެ.

މި ދަރަނި ތަކުގެ އަދަދުތައް މި ގޮަތައް ފެންނަން ހުރުމުގެ ނަތީޖާ އަކީ "ބަސްބުނުމުގެ ހައިސިއްޔަތު" ރާއްޖެ އަށް ހަނި ވުމެވެ. އަމިއްލަ އިސްކޮޅަށް ތެދުވެ އެއްޗެއް ބުނާއިރަށް ބޭރުގެ ކަރަތަކުން ޓަކި ދެނީ ދިވެހި ދަރަނީގެ ދޮރުގައި އެވެ.

މިނިވަން ކަމުގެ ފަލަ ރޮނގު ދިވެހިންނަށް ބޯލްޑް ނުކުރެވެންވީ ސަބަބެއް ނެތެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދޮންވެލި ގޮނޑުދޮށް ތަކުން ބަބުޅަމުން އަންނަ ފަތުރުވެރިކަމުގެ ވިޔަފާރި އަކީ މުޅި ދުނިޔެއަށް އެއް ވަނަ އެވެ. ދުނިޔޭގެ އެންމެ ބޮޑެތި ވިޔަފާރިތަކުން އެތިބީ ރާއްޖޭގައި އިންވެސްޓް ކޮށްގެން ނެވެ. ނަމަވެސް ރާއްޖެ އޮތީ ދަރަނީގައި ބޮޑު ކަޅު ވިލާގަނޑެއްގެ ދަށުގައި އެވެ. ދިވެހިން ތިބީ އަގަޔާ އަތާ ދިމާނުވާ ހިސާބުގައި އެވެ. އެތޭރެއާއި ބޭރުގެ ބޭންކްތަކަށް ދަރާ ވިކިފަ އެވެ. ކަންމަތީ ފިހާރަ އަށް ވެސް ވަދެވެނީ ލޭންދޭން ފޮތުގައި ޖަހައިދޭ ނަމައެވެ. މި ހާލަތަށް ދިވެހިން ވެއްޓި ރާއްޖެ އަށް ދައްކަން ޖެހޭ ދަރަނި ބޮޑުވީ ދިވެހި ސިޔާސީ ވެށީގައި އުޅޭ ބައެއްގެ ވިޔާނުދާ ނިންމުން ތަކުންގެ ސަބަބުން ނެވެ.

ރާއްޖޭގެ މުޅި އިގްތިސޯދީ މިނިވަންކަން ދެތިން މުއްސަދި ސައުދާގަރުންނަށް މިލްކުކޮށް ދިނުމުގެ ނަތީޖާ މިއަދު ރާއްޖޭގެ މާލީ މިނިވަންކަމުގެ ހިތް އެހުރީ ހުއްޓޭ ހިސާބުގައި އެވެ. މިކަން ހައްލުކޮށް މާލީ މިނިވަންކަން ހޯދަން ނޭނގުނު، މިނިވަން ގައުމު! ޓެގުން ރާއްޖެ ނެއްޓުމަށް ބޭރު ދައުލަތްތަކުން ލޯނު ނެގުމާއި ލޯނަށް އެދުމުގައި ގައުމީ ވިސްނުމުގެ މީހުންގެ ބަސް ހޯދާ އިގްތިސޯދީ ލަފާތަކަށް ބޯލަބަން ދަސްކުރަން ވެއްޖެ އެވެ.

އިގްތިސޯދީ ހަކަތަ ހިފަހައްޓައިދެނީ އެ ގައުމެއްގެ ރައްޔިތުންކަމަށްވެފައި ރައްޔިތުންގެ ބަސް މިހާރަށްވުރެ ބޮޑަށް ގައުމީ ނިންމުންތަކުގައި ގެނެސް، ސިޔާސީ ފައިދާއެއްގެ ބޭނުމުގައި ބާއްވާ ގުޅުމެއްކަމުގައި "ރައްޔިތުންގެ ގުޅުން" ނުހެދުމަށް ސިޔާސީންނަށް ގޮވާލަމެވެ. 

އަދި މިނިވަން އިގްތިސޯދީ ސިޔާސަތެއް ބިނާ ކުރުމަށް ލިބޭ މިންވަރު ނިކަން ދަނެގެން ސިޔާސީ މަގްސަދު ހާސިލް ކުރުމަށް ބޭނުންތައް ބަހާލުމަށް އިލްތިމާސް ކުރަމެވެ. ލިބޭ އާމްދަނީ ދައުލަތުގެ ބޭނުންތައް މެނޭޖްކޮށް ވައުދާ ހުވާ ތަކުގައި އިގްތިސޯދުގަ ހުރި ބުންވަރެއް ޖެއްސުމަށް ހަދާންކޮށްދެމެވެ. އަދި ދިވެހީންގެ ނަމުގައި ބޭރު ކަރަތަކުން ދަރަނި ނެގުމުމާއި ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ބޭރުން އަންނަ އިންވެސްޓަރުން އަތުން ''ކަޓަށް'' އެދުން ސިޔާސީން ދޫކޮށްލަން ޖެހެ އެވެ.

އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން މިނިވަންވެ، އަމިއްލަ ގައުމެއްގެ ގޮތުގައި ދިވެހި ދިދަ ވިހުރެން ފެށި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުން ފޮނުވަމެވެ. ސުވާލަކީ ދައުލަތުގެ ދަރަންޏާ މެދު ކަންބޮޑުވާނީ މިނިވަން ކަމަށް ކިތައް އަހަރު ވުމުން ހެއްޔެވެ؟ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް