ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް
ފްލެޓްތަކުން އެޑްވާންސް ފައިސާ ނެގުމަކީ ބޮޑު ބޭއިންސާފެއް: އިބޫ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓަށް އެޑްވާންސް ފައިސާ ނެގުމަކީ ބޮޑު ބޭއިންސާފެއް ކަމަށާއި އެކަން އެ ގޮތަށް ނުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ގޮވާލައްވައިފިއެވެ.
Advertisement

'ގެދޮރުވެރިޔާ' ސްކީމުގެ ފްލެޓުތަކަށް ދައްކަން ޖެހޭ 25،000ރގެ ޑައުންޕޭމަންޓް މައާފުކޮށްދިނުމާ އެކު، ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް، ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފަހި ޔޫނިއަންއިން ސަރުކާރަށްވަނީ ކުރިން ގޮވާލާފައެވެ. ފްލެޓްގެ އެޑްވާންސް ޕޭމަންޓާ ގުޅޭ ގޮތުން، އިބްރާހީމް މުހައްމަދު ސާލިހް މިއަދު ނެރުއްވި ބަޔާނެއްގައިވަނީ އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ހާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެފްޑީސީން ހުޅުމާލޭގައި އަޅާ 4،000 ފްލެޓު ލިބޭ މީހުންނާ މިހާރުވަނީ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައެވެ.

4000 ފްލެޓަށް ޤަވާއިދުން ކުލި ދައްކާ މީހުންނަށް ހާއްސަ ސަބްސިޑީތައް ދޭން ނިންމާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްވަނީ ވިދާޅުވެފައެވެ. ހަމްދާން ވިދާޅުވީ 4000 ފްލެޓަށް ކުލީގެ ގޮތުގައި ސަބްސިޑައިޒް އަދަދުތަކެއް ތައާރަފުކޮށްފައިވާކަމަށެވެ. ގަވާއިދުން ކުލި ދައްކަންޖެހޭ ތާރީހަށް ކުލި ދައްކަމުންދާ ފަރާތްތަކަށް 100 އިންސައްތަ ސަބްސިޑީއެއް ލިބޭނެކަމަށް ޝަކީލް ވިދާޅުވިއެވެ. އެގޮތުން 2 ކޮޓަރީގެ އެޕާޓްމަންޓަށް 7000 ރުފިޔާ އަދި 3 ކޮޓަރިއަށް 9000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. މި ކުއްޔަކީ ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ހިމަނައިގެން ހަމަޖައްސާފައިވާ ކުއްޔެއްކަން ހަމްދާން ފާހަފަކުރެއްވިއެވެ.

އެހެންނަމަވެސް މި ސަބްސިޑީ ލިބޭނީ ކޮންމެ މަހެއްގެވެސް 25 ކުރިން ކުއްލި ދައްކާ ފަރާތްތަކަށްކަމަށް ހަމްދާން ވިދާޅުވިއެވެ. މީގެއިތުރުން ފްލެޓްތަކަކަށް 25 އަހަރު ވަންދެން ކުލި ދައްކައިގެން ލީޒްޑް އޯންޑް އެގްރީމެންޓްގެ ދަށުން މިލްކުކުރެވޭނެކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

އެޗްޑީސީން ކުއްޔަށް ދީފައި ހުރި ފުލެޓުތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހި ނުލިބި ހުރި އަދަދު 894 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ ހިޔާ ފުލެޓުތަކުން ކުލީގެ ގޮތުގައި ނުލިބޭ 628 މިލިއަނާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކުން ކުލީގެ ގޮތުގައި ނުލިބިވާ 230 މިލިއަން ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް