މޯދީ ފުރާވަޑާއިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މޯދީ ވަޑައިގަތުމުން އެކަމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވަރަށް މުހިއްމު މަޝްވަރާތަކެއް ކުރިޔަށް ގޮސްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މުހިއްމު ދާއިރާތަކުން ހަތަރު އެމްއޯޔޫއާއި ތިން އެއްބަސްވުމެއްގައި ސޮއިކޮށް އެފް.ޓީ.އޭގެ މަޝްވަރާތައް ފެށިކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މިނިވަންދުވަހާއި ދިމާކޮށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި މިއަދު ވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ އައިޓަމްތައް ބައްލަވާލައްވާފައެވެ.