
އއ. މާޅޮސް
މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި، ދެ ބިދޭސީއަކު ފިހިއްޖެ
އަލީ މިދުހަތު
26 ޖުލައި 2025 - 23:00:54
އއ. މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި، ދެ ބިދޭސީއަކު ފިހިއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 20:45 ހާއިރު މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ދެ މީހުންނަށް މާޅޮހު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާދިނުމަށްޓަކައި މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް