ads
ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް ރިޓަޔާޑްް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އެރުވުމުގެ ތެރެއިން
ދިވެހި ދައުލަތުގެ އިއްޒަތް މުއުތަސިމް އަދުނާނަށް
ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް ރިޓަޔާޑްް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވެރިކަން އަރުވައިފިއެވެ.
Advertisement

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވުމަށް އެމަގާމުން އެމަނިކުފާނު ރިޓާޔާ ކުރެއްވީ މިމަހުގެ 21 ވަނަ ދުވަހުއެވެ. 

މުއްތަސިމް އަދުނާނަށް ދިވެހި ދައުލަތުން އެރުވީ ނިޝާން އިއްޒައްދީންގެ އިއްޒަތުގެ ވެރިކަމެވެ. މި އިއްޒަތް އެމަނިކުފާނަށް އެރުވީ އެމަނިކުފާނު ޝަރުއީ އަދި ގާނޫނީ ދާއިރާއިން މީހުން ބިނާކުރުމާއި ޝަރުއީ ދާއިރާގެ ކަންކަމާއި ޝަރުއީ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު، ނިންމެވުން ހަރުދަނާ ކުރުމާއި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކަންކަމުގައި ގާނޫނި ގޮތުން ދޭންޖެހޭ ލަފާ ދެއްވުމާއި އެ ރޮނގުރޮނގުން ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންކަމަށް ރައީސް ނެރުއްވި ގަރާރުގައިވެެއެވެ. 

ރިޓަޔާޑްް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. 

މުއުތަސިމް އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގައެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ރާއްޖޭގެ ހާރިޖިއްޔާގައި ފުރަތަމަ މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލުންގެ ތެރޭގައި މުއްތަސިމް ހިމެނިވަޑައިގަންނަވެ. 

މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގެންނެވި ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ މުއުތަސިމް އަދުނާންއެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ. 

އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމަށް މުއުތަސިމް އަދުނާނު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ދިމާވެފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް