ނިޔާވެފައިވަނީ ތ. ވަންދޫއަށް ނިސްބަތްވާ އިސްމާއީލް އަހުމަދުއެވެ. އޭނާގެ އުމަރަކީ 70 އަހަރުއެވެ. އިސްމާއީލް އަހުމަދު ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.
އިސްމާއީލް އަހުމަދު އުމްރާގެ އަޅުކަމަށް ގޮސް ހުރީ ތައިބާ ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައެވެ.
އެ ގްރޫޕުން ބުނީ އިސްމާއިލް އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި އޮންނާނެކަަމަށެވެ.
މިމަހު އަންނަ ސްކޫލް ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ވަނީ އުމްރާގެ އަޅުކަމަށް ގޮސްފައެވެ.