ads
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް އިނާމު އެރުވުމުގެ ތެރެއިން
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމް
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމު ދެއްވައިފިއެވެ.
Advertisement

މި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރަައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

your imageދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް އިނާމު އެރުވުމުގެ ތެރެއިން 

ދިވެހި ދަޢުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު މިއަހަރު 191 ބޭފުޅުންނަށް ލިބިވަޑައިގަންނަވައެވެ. އޭގެ ތެރެއިން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ގިނަ މުއްދަތަކަށް ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމް ދެއްވާފައެވެ. މީގެ ތެރޭގައި 42 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި 74 ބޭފުޅަކު ހިމެނެއެވެ.

your imageދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް އިނާމު އެރުވުމުގެ ތެރެއިން 

35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

your imageދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް އިނާމު އެރުވުމުގެ ތެރެއިން 

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް