މާޅޮހުގައި ރޭ 20:45 ހާއިރު ހިނގި މި ހާދިސާގައި ފިހިފައިވަނީ ދެ ބިދޭސީންނެވެ. މި ދެ މީހުންނަކީ ވެލިނަގަން ދާ އެ ދޯނީގައި މަސައްކަތް ކުރާ ދެމީހުންކަން ވަނީ އެނގިފައެވެ.
އެއީ އިންޑިޔާގެ ދެ ރައްޔިތުންނެވެ. އެކަކުގެ އުމުރަކީ40 އަހަރެވެ. އަނެކަކަކީ އުމުރުން 33 އަހަރުގެ މީހެކެވެ.
މި ހާދިސާ ފިހުނު ދެ މީހުން އިތުރު ފަރުވާއަށް ރޭ ވަނީ މާލެ ގެނެސްފައެވެ. މި ދެމީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލުން ބުނީ މި ދެމީހުން އޮތީ އައިސީޔޫގައިކަމަށެވެ. އަދި ދެމީހުންގެ ހާލުވެސް ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ދޯނީގައި އެއްޗެއް ގޮވުމުން މި ދެ ބީދޭސީންނަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާދިނީ މާޅޮހު ހެލްތު ސެންޓަރުގައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.