
އާ ޓާމިނަލުން ފުރަތަމަ ތިންމަހު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހި ގައުމީ އެއާލައިންގެ މޯލްޑިވިއަންގެ ފްލައިޓްތަކެވެ.
އެގޮތުން އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަން ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން ރާއްޖެ އަންނަ މީހުންނަށެވެ. މީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނައި ބޯޓެވެ.
އާ ޓާމިނަލް ޖައްސާ ފުރަތަމަ ފްލައިޓްގެ ކެބިން ކުރޫން ދިވެހި ހެދުމުގައި
މި ފްލައިޓް ރާއްޖެ އަންނަނީ އިންޑިއާގެ ކޮޗިން އެވެ. މި ފްލައިޓް ރާއްޖޭގެ އެއާޕޯޓަށް ޖައްސާނީ މެންދުރު 14:00 ގައެވެ. މި ތާރީހީ ފްލައިޓުގައި ހިދުމަތް ދޭ ކްރޫ އިން ވެސް ތިބީ ދިވެހި ހެދުމުގައެވެ.
އާ ޓާމިނަލް ޖައްސާ ފުރަތަމަ ފްލައިޓްގެ ކެބިން ކުރޫން ދިވެހި ހެދުމުގައި
މި ބޯޓު ރާއްޖެއަށް ޖައްސާ ވަގުތާއި ދިމާކޮށް އާ ޓާމިނަލްގައި މޯލްޑިވިއަން ގޭޓް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މި ގޭޓް ރަސްމީކޮށް ހުޅުވާދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް
އާ ޓާމިނަލުން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ސިފަވާ ގޮތަށެވެ. އަލަށް ހުޅުވި ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުރެ އެވެ. މީ ރާއްޖެއަށް މުޅިން އާ ކަމަކެވެ. މި ބްރިޖުތަލުގެ ފަސޭހަކަމަކީ ބޯޓުން ފައިބައި ގޮތަށް ޓާމިނަލްގެ ތެރެއަށް ވަދެގެން ދެވުމެވެ.
އާ ޓާމިނަލް ޖައްސާ ފުރަތަމަ ފްލައިޓްގެ ކެބިން ކުރޫން ދިވެހި ހެދުމުގައި
މި ޓާމިނަލްގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފައެވެ.