ފުޅަނދު ބުރު ފަށާނީ މިރޭ 09:00 ޖަހާއިރުއެވެ. ފުޅަނދު ބުރު ފަށާނީ މާލޭ ރަސްފަންނު ސަރަޙައްދުންނެވެ.
ފުޅަނދުތައް ދަތުރުކުރާނީ މަޖީދީމަގުން އިރަށެވެ. އަދި ފުޅަނދު ބުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ހެންވޭރު ބްރިޖް ސަރަޙައްދަށެވެ.
މިފަހަރުގެ ފުޅަނދު ބުރުގައިވެސް ވަރަށް ތާފތު ފުޅަނދުތައް ފެނިގެން ދާނެކަމަށް ސަގާފަތާއި ބެހޭ މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގަައި ކުޑަކުދިންނާއި ގުޅޭ ފުޅަނދުތައް ހިމެނޭނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފުޅަނދު ބުރު މިރޭ މާލޭގައި ބޭއްވުމަށްފަހު މާދަމާ ހުޅުމާލޭގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުޅުމާލޭގެ ފުޅަނދު ބުރު އޮންނާނީ މާދަމާރޭ 08:30 އިން ފެށިގެން ސެންޓަރަލް ޕާކުގައެވެ.