
ސަރުކާރުގެ ކުންފުނިތަކާއި އެކި އިދާރާތަކުންވެސް ފުޅަނދު ބައިވެރިކޮށްފައިވާއިރު، އެތަންތަނުންދޭ ހިދުމަތްތަކާއި ޒަމާނަށް އަންނަމުންދަ ބަދަލުތަކާއި ހޯދާކުރިއެރުންތަކާއި، މުސްތަގުބަލުގެ ތަސައްވުރުތައް ދައްކުވައިދިން ފުޅަނދުތަކަށް ބޮޑުތަރުހީބެއް ވަނީ ލިބިފަ އެވެ.
މި ފަހަރުގެ ފުޅަނދުތައް ތައްޔާރުކުރީ ސަރުކާރުގެ ކުންފުނި ތަކުންނެވެ. މި ހަރަކާތުގައި 11 ކުންފުންޏަކުން ތަފާތު އެކި ފަރުމާތަކަށް ތައްޔާރުކޮށްފަވާ ފުޅަނދުތައް ވަނީ ދައްކާލާފަ އެވެ. އެގޮތުން މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތައް ހިމެނެ އެވެ. އަދި ކުޑަކުދިން ޝައުގުވެރިވާނެ ތަފާތު ފުޅަނދުތަކެއް މިއަހަރުގެ ފުޅަނދުބުރުންވެސް ފެނިގެންދާނެ އެވެ.
މިނިވަން ދުވަހާ ގުޅުވައި ތައްޔާރުކުރި ފުޅަނދުތައް މާދަމާ ރޭ 20:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ މީހުންނާއި ކުޑަކުދިންގެ ސަމާލުކަން އަބަދު ވެސް ހޯދާ އެއް ހަރަކާތަކަށް ވެފައިވަނީ ފުޅަނދުބުރުގެ ހަރަކާތްތަކެވެ. މިދިޔަ އަހަރު ބޭއްވި ފުޅަނދު ބުރު ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދިއެވެ.