ސްރީލަންކާގެ ރައީސް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙާބާ ވިދާޅުވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙާއްމަދު މުއިއްޒެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ އެމަނިކުފާނު ރައީސްކަމުގައި ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދެ ޤައުމުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރައްވާ އެއްބަސްވުންތަކެއް އެކުލަވާލެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.