ވަޅިޔަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައިވަނީ އެރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް އެވެ.
މި ޒުވާނާއަށް ހަމަލާދީ މަރާލީ މަސްތުވާތަކެތީގެ ރެކޯށް އޮންނަ މީހެއްކަމަށް އެރަށު މީހުން ބުނެ އެވެ. އަދި މިމިހާ އަތުލައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް އެރަށު މީހުން ބުނެ އެވެ.
މަރުވި މޫސާ އިބްރާހިމްގެ ހަށިގަނޑު މިވަގުތި އޮތީ މާވަށު ސިއްހީ މަރުކަޒުގަ އެވެ. އެތަނުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.