ފުލުހުން ވަޅި ހޯދީ، މަރުގެ މައްސަލައިގައި ހދ. ނޮޅިވަރަންފަރަށް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް ހައްޔަރުކޮށް ފަށާފައިވާ ތަހުގީގުގެ ތެރެއިންނެވެ.
ފުލުހުން މިރޭ ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކަމަށެވެ. އަދި ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ބުންޏެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މޫސާ އިބްރާހިމަށް ހަމަލާ ދީނީ އޭނާ ރަށު ވޮލީ ކޯޓް ކައިރީ ހުއްޓާ ކަމަށެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ.
މި ހާދިސާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.