ads
ބިންހެލުން އައި ސަރަހައްދު
ބިން ހެލުމުގައި މާލެއާއި ހުޅުމާލެއަށް ލޮޅުމެއް އައި، ނުރަކަލެއް ނެތް
އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ރޭ އައި ބިން ހެލުމުގެ އަސަތު މާލެއާއި ހުޅުމާލެއަށް ކުރިކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް މި ބިންހެލުން އައީ ރާއްޖެ ގަޑިން ރޭ 11:41 ހާއިރެވެ.  

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރޭ އައި މި ބިން ހެލުމާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށެވެ. އަދި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑުކުރާ މީޓަރަށް ރާއްޖޭގެ ގަޑިން 11:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރިކޯޑްކުރެވިފައިވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރަކަލެއް ކުރިމަތިވާނެކަމަށް ލަފާ ނުކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

މެޓް އޮފީހުން ބުނީ އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި މި ބިން ހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައި ނުވާކަމަށެވެ. މި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާ 2،215 ކިލޯމީޓަރު ދުރުންކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް