އެ މިނިސްޓްރީން ބުނީ މިނިސްޓްރީގެ ސަވާ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށެވެ.
އެހެންނަމަވެސް ސީދާ ދިމާވީ ކޮން މައްސަލައެއްކަމެއް އަދި ހައްލުވާން ކިހާ ވަގުތެއް ނަގާނެކަމެއް މިނިސްޓްރީއަކުން ނުބުނެއެވެ.
މިނިސްޓްރީން ބުނީ މި ދަތި ވަގުތުގައި ތިޔަ އެންމެހައި ފަރާތްތަކުން ދޭ އެއްބާރުލުމާއި ކެތްތެރިކަމަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވެދާނެ އުނދަގޫތަކަށް ވަރަށް ބޮޑަށް މައާފަށް އެދޭކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.