ads
ރައީސް މުއިއްޒު ހުޅުމާލެ ހޮސްޕިޓަލުގެ 14 އެނދުގެ އާ އެމާޖެންސީ ރޫމް ހުޅުވައިދެއްވުން
ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރަ އޮގަސްޓު މަހު ހުޅުވަނީ
ހުޅުމާލެ ހޮސްޕިޓަލުން އައިނު ފިހާރައެއް ގާއިމުކޮށް އޯގަސްޓު މަހު ހިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ ރެކްޓާ ޕްރޮކިއުމަންޓް ހުޝާމް އަބްދުލްހަކީމް ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ސިއްހީ ދާއިރާއަށް ރައްޔިތުން ކުރާ ބޮޑު ހޭދަ ކުޑަކޮށް ލުއިކޮށްދިނުމަށް ފެށިގެންދާ ކަމެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލުން އަމާޒު ހިފާފައިވަނީ އައިނު ފިހާރަ ގާއިމުކޮށް އޯގަސްޓު މަހު ހިދުމަތް ދޭން ފެށުމަށް ކަމަށް އޭނާ ހާމަކުރެއްވިއެވެ. 

ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން މާލޭގެ އިތުރުން އަތޮޅުތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލްގައިވެސް އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

 މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް، ރައީސް މުހައްމަދު މުއިއްޒު އާދިއްތަ ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ. މި ފިހާރައިން ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދެމުންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް