
މިއީ 230 ދޯނިން ކިރުވި މަހަށް ދޫކޮށްފައިވާ ފައިސާކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި 8,424,733 ރުފިޔާއަކީ އޭގެ ކުރީ ހަފްތާގައި ދޫކުރި 10,800,258 ރުފިޔާއާ އަޅާބަލާއިރު 22 ޕަސަންޓު ދަށް އަދަދެކެވެ. އަދި މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދަކީ 230 ކަމަށްވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި 232 ދޯންޏާ އަޅާބަލާއިރު 0.8 ޕަސަންޓު ދަށް އަދަދެކެވެ.
މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެދުވަހު 56 ދޯނިން މަސްކިރުވާފައިވާއިރު، މަސްވެރިންނަށް ޖުމުލަ 1,890,780 ރުފިޔާ ދޫކުރެވިފައިވެއެވެ. މި ސަރުކާރުން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އުސޫލު ދަނީ ހިފަހައްޓަމުންނެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދެމެހެއްޓުމަށްޓަކައި "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ގައުމީ ބްރޭންޑެއް ވެސް ތައާރަފުކޮށްފައިވެއެވެ.