ads
މޯލްޑިވިއަން ބޯޓެއްގައި ތާނަ އަކުރުން ދިވެހިރާއްޖެ ލިޔެފައި
މޯލްޑިވިއަން ބޯޓު ތަކުގައި ތާނަ އަކުރުން ދިވެހިރާއްޖެ: މިނިސްޓަރުގެ މަރުހަބާ
މޯލްޑިވިއަން ބޯޓުތަކުގައި ތާނަ އަކުރުން "ދިވެހިރާއްޖެ" ލިޔަން ފެށުމުން، ބަސް މިނިސްޓަރު އާދަމް ނަސީރު އިބުރާހިމް މަރުހަބާ ކިޔުއްވައިފިއެވެ.
Advertisement

މި ބަދަލަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ގެނައި ބަދަލެކެވެ.

މިނިސްޓަރު  "އެކްސް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިއަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް ކަމަށެވެ. އެކަމަށް ޓަކައި މަރުހަބާ ވިދާޅުވާކަމަށްވެސް ބަސް މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސްއިން ބުނީ މި ބަދަލު އެ އެއަލައިންގެ ހުރިހާ ބޯޓަކުން ވެސް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހީންގެ އަމިއްލަވަންތަކަމާ ގައުމީ އެއަލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް މި އަހަރު 60 އަހަރު ފުރޭއިރު، ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލު އަދި އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން މި ބަދަލުގެ ތެރެއިން ރަމްޒުކޮށްދޭކަމަށް ގައުމީ އެއަލައިނުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް