ads
4000 ފްލެޓްތައް ބަލާލަން ކުރި ޒިޔާރަތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލު
ފްލްޓް ލިބުނު މީހުންގެ ފޯނު ނަންބަރު ބަދަލުވެފައިވާނަމަ ދުރާލައި އަންގަން އެދިއްޖެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ފޯނު ނަންބަރު ނުވަތަ އެޑްރެސް ބަދަލުވެފައިވާނަމަ އެކަން ދުރާލައި އެންގުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެދިއްޖެއެވެ.
Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިނިވަން ދުވަހުގެ ޗުއްޓީއަށްފަހު އަލުން ފަށައިފިއެވެ.

ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީއިން 2665 މީހެއްގެ ނަން އެއްބަސްވުން އެކުލަވާލުމަށްޓަކައި އެފްޑީސީއަށް ފޮނުވާފައިވާއިރު މިހާތަނަށް 92 ފަރާތަކާއެކު އެއްބަސްވުން ގާއިމްކޮށްފައިވާކަމަށް އެފްޑީސީން ބުންޏެވެ. އެއްބަސްވުމުގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑުގެ ދެ ކޮޕީ ގެންދިއުމަށް އަންގާފައިވާއިރު، ގިނަ ފަރާތްތަކުން މިކަމަށް ސަމާލުކަން ނުދޭކަން ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ފްލެޓް ލިބޭ މީހާއަށް ހާޒިރުނުވެވޭ ހާލަތުގައި ނޮޓަރައިޒްޑް ޕަވާ އޮފް އެޓަރނީއެއް ހަދައިގެން ގެންދިއުމަށާއި، ފޯމުގައި ހެކިވެރިޔާގެ ގޮތުގައި ހިމަނާފައިވާ ފަރާތް ގެންދިއުމަށްވެސް އެފްޑީސީން އިލްތިމާސްކޮށްފައިވެއެވެ. ބޭނުންވާ ލިޔެކިޔުންތައް ހަމައަށް ގެންދިޔުމުން 20 މިނެޓުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް ބުނެފައިވެއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި 8 ކައުންޓަރުން ރަސްމީ ދުވަސްތަކުގައި ހެނދުނު 9 އިން ހަވީރު 4 އާ ހަމައަށް މި ހިދުމަތް ދެމުންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް