ads
ދައުލަތުގެ މަތީ އިއްޒަތް، މޫސާ އަލީ ޖަލީލަށް ރައީސް މުއިއްޒު އަރުވަނީ: އޭނާއަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ކެންޑިޑޭޓް - ފޮޓޯ/ ރައީސް އޮފީސް
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ވާދަކުރައްވަނީ
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް އެ ކެންޑިޑޭޓްކަން ކަށަވަރުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕީއެންސީގެ ޓިކެޓު ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު މާލޭގެ މޭޔަރުކަމަށް ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވި ފަރާތުގެ ނަން ފަލާހު ވިދާޅުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި، އެއީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ސަރުކާރުން މިދިޔަ އަހަރު އަރުވާފައިވާ މޫސާ އަލީ ޖަލީލެވެ.

މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 30ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް