ads
ބިދޭސީންތަކެއް ބަލާ ފާސްކުރަނީ
ދަންވަރު މަގުމަތީ އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ރައީސް އަންގަވައިފި
ދަންވަރު މަގުމަތީ އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ރައީސް އަންގަވައިފިއެވެ.
Advertisement

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާކަމަށާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅެމުންދާކަމަށެވެ. 

އެހެންކަމުން ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދީ މިރެއިން ފެށިގެން މިގޮތަށް އަމަލުކުރަމުންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ  

" ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި." ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުންނަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފަށާ މިހާތަނަށަ 37 ތަނެއް ވަނީ ބަންދުކޮށްފައެވެ. 

އޭގެ އިތުރުން ރާއްޖޭގައި އުޅޭ ހުރިހާ ބީދޭސީންގެ ބަޔޯ މެޓްރިކް ނަގާ ، މިހާތަނަށް ބަޔޯ މެޓްރިކް ނުދިން ބިދޭސީން ވަގުތުން ފޮނުވާލަން ވަނީ ފަށާގައެވެ. އަދި ވަކި ދާއިރާތަކަކަށް މަސައްކަތް ކުރަން ބިދޭސީން ނުގެނެވޭނެ ގޮތް ވަނީ ހަދާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް