
އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަކަމަށެވެ.
މިހާދިސާގައި އަނިޔާވި މީިހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީ ހިނގީ ދެ މީހެއްގެ ދެމެދުގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ ވަނީ މާލެ ގެނެސްފަ އެވެ. ފުލުހުން ބުނި ގޮތުގައި މޫސާގެ ހަށިގަނޑު މާލެ ގެނައީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މޫސައަށް ހަމަލާ ދޭން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ވަނީ ހޯދާފަ އެވެ. އެ ވަޅި ހޯދީ ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެންނެވެ.