ads
އުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
އުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
އުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
Advertisement

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖޭއެސްސީން އަދި އެ މައުލޫމާތު ރަސްމީކޮށް ހާމަ ނުކުރެއެވެ. 

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް، މި ތިން ބޭފުޅުން މި ކުރިމަތިލެއްވީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހުޅުވާލުމުންނެވެ. 

އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް