ބާޒާރުން ފިޔާ ވަނީ ގާތްގަޑަކަށް ހުސްވެފައެވެ. ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 50 ރުފިޔާއާ ގާތްވެފައެވެ.
ވިޔަފާރިވެރިން ބުނީ ފިޔާ ބަޒާރުން ހުސްވީ ފިޔާ ގެންނަ ބޯޓު ބަނދަރުގައި އޮތް ނަމަވެސް، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މުދާ ނެރުން މެދުކެނޑުމުން ކަމަށެވެ. އަދި އެތަކެތި ނެރެވޭނެ ދުވަހެއް ނޭނގޭކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.
އެސްޓީއޯއިން ބުނީ ފިޔާ ލިބުން ދަތިވެފަފައިވާ މައްސަލަ ހައްލުކުރަން ފިިޔާ ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިންޑިއާއިން ގެންނަ މި ސްޓޮކް ވަރަށް އަވަހަށް އަންނާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.