ads
ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް
ސިވިލް ސާވިސްގެ މުސާރަބޮޑުކުރުން: މަސައްކަތް ނިމެނީ
ސިވިލް ސާވިސްގެ މުސާރަބޮޑުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެމުންދާކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.
Advertisement

ސިވިލް ސާވިސް މުވައްޒަފުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވެ އާ މުސާރަތައް މިއަހަރު އިއުލާންކުރައްވާނެކަމަށް މިއަހަރަށް މަޖިލިސް ހުޅުވާދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކިުރަންޖެހޭ މަޝްވަރާތައް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މުސާރަތަކަށް ގެންނާނެ ބަދަލުތަކާއި ގުޅިގެން މިނިސްޓްރީތަކާއި އިދާރާތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ނިންމާފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ އެކަމުގައި ކުރަންޖެހޭ ފަންނީ މަސައްކަތްތައްކަމަށް ޑރ. ފައިޒަލް ވިދާޅުވިއެވެ.

އެކި ދާއިރާތަކުން މުސާރަ ބޮޑުކުރުމަށް މިއަހަރުގެ ބަޖެޓްގެގައި 500 މިލިޔަން ރުފިޔާ  ވަނި ކަނޑައަޅާފައެވެ. މުސާރަ ބޮޑުކުރާ ދައިރާތަކުގައި ސިވިލް ސާވިސް މުވައްޒަފުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ އިތުރުން ޝަރުއީ ދާއިރާގެ މުވައްޒަފުން ހިމެނެެއެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް