ads
އެމްޑީއެންގެ ބައެއް އިސްވެރިން---ފޮޓޯ: ޓުވިޓާ
އެމްޑީއެންއެއް އުވައެއް ނުލެވޭނެ: އެމްޑީއެން
މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ބުނެފިއެވެ.
މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ބުނެފިއެވެ.

އެމްޑީއެން އިން ބުނީ މިދިޔަ މަހުގެ ހަވަނަ ދުވަހު ޔޫތް މިިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގައި އެ ޖަމިއްޔާއިން ގާނޫނާ ހިލާފަށް ކަމެއްކޮށްފައިވާނަމަ އެކަން ބަޔާންކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށާއި އަދި ތުހުމަތުކުރެވޭ އެއްވެސް ކަމަކަށް ޖަވާބެއް ދިނުމުގެ ފުރުސަތެއް ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން ދީފައިނުވާ ކަމަށެވެ.

"މި ޖަމިއްޔާ އަށް ގަބޫލުކުރެވޭ ގޮތުގައި، މި ޖަމިއްޔާ އުވާލީ މި ޖަމިއްޔާ އިން އިޖާބައެއް ނުދީގެނެއް ނޫން. މި ޖަމިއްޔާ އިން ކުރި އެއްވެސް ސުވާލަކަށް ދެއްވޭނެ ޖަވާބެއް ނެތުމާއެކު، އިތުރު އިލްޒާމެއް މި ޖަމިއްޔާއާ މެދު އެޅުވީ" އެ ބަޔާނުގައި ބުނެފައިވެ އެވެ.

2016 ވަނަ އަހަރު އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިނުވާނެ ކަމަށާއި މިހާރު ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުން ގެންދާ ހަރަކާތްތަކުން ހާމަވެގެންދަނީ އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައި ހުރި ކަންކަން ކަމަށް އެ ޖައްމިއްޔާއިން ބުނެއެވެ.

އަދި އެ ޖަމިއްޔާ އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ސުލްހަމަސަލަސް ކަމާއި، ޑިމޮކްރެސީގެ އުސޫލުތަކާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް ކަމަށް އެ ޖައްމިއްޔާއިން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް މި ޖަމިއްޔާގެ މަސައްކަތް މާތްﷲ ގެ ވާގިފުޅާއެކު ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އެމްޑީއެން އިން ބުނެއެވެ. އެ ޖައްމިއްޔާއިން ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށްގެންދަން ނިއްމާފައިމިވަނީ ޔޫތު މިނިސްޓްރީން އިއްޔެ އެ ޖައްމިއްޔާ އުވާލާފައިވަނިކޮށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް