8.7 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ ރަޝިޔާގެ އިރުމަތީގައި އޮންނަ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރަށެވެ. މި ބިން ހެލުމާއި އެކު ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ވަނީ ސުނާމީ އަރަން ފަށައިފައެވެ. އެ ސަރަހައްދުގައި ހިމެނޭ ބައެއް ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސް ނެރެފައެވެ.
މެޓު އޮފީހުން ބުނީ އިންޑިއާ ކަނޑައަށް އެ ބިންހެލުމުގެ އަސަރު ނުކުރާ ކަމަށާއި އެހެންވެ، ރާއްޖެއަށް ސުނާމީގެ ބިރުވެރިކަމެއް ނެތް ކަމަށެވެ. އަދި ސުނާމީގެ އިންޒާރު ދީފައި އޮތީ ޕެސިފިކް ކަނޑުގެ ގައުމުތަކަށްކަމަށާއި އޮސްޓްރޭލިއާ އާއި ޖަޕާނާއި އެމެރިކާގެ ހަވާއީއަށް ސުނާމީ އަރާނެ ކަމަށް ބުނެފައިވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.