ނިޔާވެފައިވަނީ ރ. ފައިނަށް ނިސްބަތްވާ އަންހެނެކެވެ. އޭނާގެ ނަމަކީ މަރިޔަމް ޝިޔާމާ އެވެ.
އޭނާ އުމްރާގެ އަޅުކަމަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. މިމަހުގެ 27 ގައި އުމްރާއަށް ދިޔަ 40 އަހަރަށް ވުރެ ހަގު މީ މީހާ ނިޔާވީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެހި ފިރިހެނަކުވެސް މިމަހުގެ 27 ގައި ވަނީ ނިޔާވަފައެވެ. އެދުވަހު ނިޔާވީ ތައިބާ ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސްހުރި ތ. ވަންދޫއަށް ނިސްބަތްވާ އިސްމާއީލް އަހުމަދުއެވެ. އޭނާގެ އުމަރަކީ 70 އަހަރުއެވެ.