މި ފިލްމު ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރެ އެވެ. އެހެންވެ "ލޯބިން" ގެ ޓިކެޓް އޮލިމްޕަސް ކައުންްޓަރުން މިހާރު ވިއްކަމުން އަންނަ އިރު، ޓިކެޓް ބުކް ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ހޮޓްލައިނެއް ވެސް ތައާރަފުކޮށްފައިވެ އެވެ. އެއީ 7242555 އެވެ.
އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އާދަމްއާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލޯބިން" އަކީ ހަށިވިއްކުމުގެ ތެރޭގައި އުޅެން ޖެހިފައިވާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މީގެ މައިގަނޑު ތަރިންނަކީ ތާތި އާދަމާއި އޭނަގެ ފިރިމީހާ އިފްނާޒް ފިރާގުގެ އިތުރުން އަހުމަދު ޝާރިފެވެ.