ads
އާމިރު ޚާންގެ އެންމެ ފަހުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"
އާމިރު ހާންގެ 'ސިތާރޭ ޒަމީން ޕަރު' ޔޫޓިއުބަށް
އާމިރު ޚާންގެ އެންމެ ފަހުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ޔޫޓިއުބް މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ.
Advertisement

މި ފިލުމު ސިނަމާތަކަށް އައީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. 

މިއަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ސިތާރޭ ޒަމީން ޕަރު' ޔޫޓިއުބް މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ. 

މި ޔޫޓިއުބުންސްޓްރީމް ކުރާނީ އާމިރުގެ އަމިއްލަ ޔޫޓިއުބް ޗެނަލް "އާމިރު ހާން ޓޯކީސް" މެދުވެރިކޮށެވެ. މި ފިލްމު ބަލާލުމަށް ބެލުންތެރިންގެ އަތުން 100 ރުޕީސްގެ ފީއެއް ނެގޭނެ ކަމަށް އާމިރު ވަނީ ބުނެފައެވެ. 

މި ފިލްމު ޔޫޓިއުބްގައި ސްޓްރީމްކުރެވޭނީ އެކި ބަހުރުވައިންނެވެ. އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ 38 މާކެޓަކަށް ޔޫޓިއުބް މެދުވެރިކޮށް ދެއްކޭނެެއެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަން، އޮސްޓްރޭލިއާ، ސިންގަޕޫރު އަދި އިންޑޮނޭޝިއާ ހިމެނެއެވެ.

ފިލްމު އުފައްދަން 100 ކްރޯޑް ރުޕީސްވެސް ހޭދަކޮށްފައި ނުވާ މި ފިލްމަަށް  ބޮކްސް އޮފީހުގައި 261 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އެއާއިއެކު މިއަހަރު ނުކުތް ކާމިޔާބު ފިލްމުތަކުގެ ތެރޭގައި މި ފިލްމުގެ ނަން ވަނީ ހިމެނިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް