މިއީ ކުޑަކުއްއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، މައްސަލައިގެ ތަފްސީލް ކޯޓުން ހާމައެއް ނުކުރެއެވެ. އެކަމަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލި މި މައްސަލައިގައި ބަންގްލަދޭޝް މީހެއްގެ މައްޗަށް ކުށް ސާބިތުވެ 14 އަހަރުގެ ހުކުމެއް އިއްވިކަން ކޯޓުން ޔަގީން ކޮށްދިނެވެ.